މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފިން: އެޗްޕީއޭ

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. "ރެއިން ފެށިގެން މާލޭގައި ހޮޑުލުމާއ...

28 Jul 2023 | 06:26

މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

"ރެއިން ފެށިގެން މާލޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެއްޖެ، މިދަނީ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން" އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވާއިރު މިކަމަށް ސަމާލުވުމަށް ޑަކުޓަރުންވެސް މިއަދު އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން ޑރ. ނިޔާފް އާއި ޑރ. ފައިސަލް މިއަދު ބުނެފައިވަނީ ހޮސްޕިޓަލްތަކުގެ އީއާރަށް ބާރުބޮޑުވެފައިވަނީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތަކުން ކަމަށެވެ. ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭ ކަމަށެވެ.

ގިނަ ގިނައިން އަތް ދޮވުމަށާއި ކެއްކި ފެން ނޫން ނަމަ ފިލްޓަރ ކުރެވިފައިވާ ފެން ހިޔާރު ކުރުމަށާއި ގިނަ ގިނައިން ދިޔާ އެއްޗެހި ބުއިމަށް ޑަކުޓަރުން އިލްތިމާސްކޮށްފައިވެއެވެ.

https://twitter.com/HPA_MV/status/1684803125037953024

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް