ކޮއްކޯފުޅު ހައްޔަރުކުރުމުން ނަޝީދަށް ކެތެއް ނުކުރެވުނު

ބަންގްލަދޭޝްގެ ފިރިހެނަކާއި އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމުން އެކަމާ ރައީސް ނަޝީދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. ރައް...

28 Jul 2022 | 16:46

ބަންގްލަދޭޝްގެ ފިރިހެނަކާއި އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމުން އެކަމާ ރައީސް ނަޝީދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ އަލަމްގިރި ނަމަކަށްކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއި އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތަހުގީގުގައެވެ.

ނާޒިމް ހައްޔަރުކުރުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އޭނާގެ ކޮއްކޯފުޅު، އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކުރީ އިޖުރާއަތުތަކުގެ ބޭރުން ކަމަށެވެ.

ނާޒިމް ހައްޔަރުކުރުން އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ އަމަލަކީ ކޯލީޝަންގައި ހިމެނޭ ހައްދުފަަހަނައަޅާފައިވާ ފަރާތްތައް ރުއްސަން ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ މިހާތަަނަށް ފުލުުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ފުލުހަކާއި، ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް