ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމަށް ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ގެންގޮސްފި

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމަށް ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ގެންގޮސްފިއެވެ. އެމްޓީސީސީން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް މިހާރުފުރިހަމަކުރެ...

28 Jul 2022 | 14:27

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމަށް ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 72 އިންސައްތަ ވެސް މިހާރުފުރިހަމަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އައު ހާބަރ ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

69.8 މިލިއަން ރުފިޔާގެމި މަޝްރޫއު ގައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް