އެއްޖިންސުން ގުޅުން ހިންގި ވީޑިއޯގެ މައްސަލައިގާ ކާނަލް ނަޝީދު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯގެ މައްސަލައިގާ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ، ކޯޓު އަމުރެއްގެ ދަށުން ނަ...

28 Jul 2022 | 11:04

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯގެ މައްސަލައިގާ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ، ކޯޓު އަމުރެއްގެ ދަށުން ނަޝީދު ހައްޔަރުކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެއްޖިއްސުން ގުޅުން ހިންގުން (ލިވާތު) ގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާ ގައި ޢާންމުވެ، އެކަމުގައި ޝާމިލުވާކަމަށް ބުނާ ދިވެހިން ހައްޔަރުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ ކަމާއިބެހޭ ވުޒާރާތަަކަށް ވަނީ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ފުލުހުން މިއަދުބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކާއި ގުޅިގެން މީހުން ހައްޔަރު ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

މިގޮތުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރު ކުރަން ފުލުހުން ކޯޓު އަމުރު ހޯދާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލައިގައި ނަޝީދު ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ އެއްޖިންސުން ގުޅުން ނުހިންގާ ކަމަށާއި އޭނާ ވީޑިއޯގައި ފެންނަ ކޮޓަރިއަށް ދިޔައީ ބިޒްނަސް މީޓިންއަކަށް ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް