ރާއްޖޭގައި ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެ

ރާއްޖޭގައި ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ޑޮކްޓަރަށް ދައްކާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އަދި...

28 Jul 2022 | 10:16

ރާއްޖޭގައި ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ޑޮކްޓަރަށް ދައްކާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އަދި އެއީ ރާއްޖެއިން ބޭރު މީހެކެވެ.

މަކުނު ވިދުރިއަށް ޝައްކުކުރެވިގެން ސާމްޕަލް ނަގައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެމީހާގެ ގައިން ފެނުނީ މަކުނު ވިދުރި ކަން ކަށަވަރު ނުކުރާ ކަމަށް ވެސް ބުންޏެވެ.

މަކުނު ވިދުރިއަކީ ދުނިޔޭގައި ވަރަށްހަލުވިކަމާއެކު މިހާރުފެތުރެމުން އަންނަ ބައްޔެކެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައިވަނީ ރާއްޖެއަށް ވެސް މަކުނު ވިދުރި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް