ދިވެހި އަންހެނަކު ބަންގްލަދޭޝް ފިރިހެކާއި ކައިވެނިކޮށް ބަންގްލަދޭޝް އަށް ދިޔަ ވާހަކަ އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފިއެވެ.
އެގޮތުން ބަންގްލަދޭޝްގެ އެންމެ ބޮޑު އެއް މީޑިއާ ކަމުގައިވާ ދާކާ ޓްރިބިއުންގައި ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ޒުވާން އަންހެނެއް ކަމުގައިވާ ހައްވަ އަހްމަދު ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ރަސެލްއާއެކު ރަސެލްގެ ގައުމަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހުގައެވެ.
އެ ނޫހުގައިވާގޮތުގައި ހައްވައާއި ރަސެލް ކައިވެނިކުރީ 2021 ވަނަ އަހަރުގައެވެ. ރަސެލް ރާއްޖެއައީ 2014 ވަނަ އަހަރު ރާއްޖޭގައި މަސައްކަތްކުރަން ކަމަށާއި ރަސެލް އާއި ހައްވަ ދިމާވެ ލޯބީގެ ގޮތުން ގުޅުނީ 2019ގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ހައްވަ އޭނާގެ ފިރިމީހާއާއެކު ބަންގްލަދޭޝް އަށް ގޮސްފައިވާއިރު ހައްވަގެ ބަފައިބެ އަބްދުއްރާޝިދާ ހަވާލާދީ ދާކާ ޓްރިބިއުންގައި ބުނެފައިވާގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްވަ ވަނީ އެމީހުންގެ މާހައުލަށް ހޭނިފައެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް