ކޮވިޑާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 28 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފައިބެހަފުތާގައި (ޖުލައި 17 އިން 23 އަށް) 394 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މާލެއިން 69 މީހަކާއި އަތޮޅު ތެރެއިން 236 މީހުން ަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 89 މީހަކު ހިމެނެއެވެ.
އޭގެ ކުރީ ހަފްތާ 417 މީހުން ޕޮޒިޓިވްވިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 35 މީހުންނަށެވެ.
އެޗްޕީއޭއިން ވަނީ ކޮވިޑްގެ އަލާމަތްތައް ފެންނަނަމަ، ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެއް ކަމަށާއި ބަލިން ރައްކާތެރިވުމަށް 3 ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްކް އެޅުމަށް ހަނދާންކޮށްދީފައެވެ. އަދި ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.
މީގެ އިތުރުން ބޭރުގައި އުޅޭ އިރު ވެސް ގިނަ މީހުންނާ ކޮންޓެކްޓް ނުވެ، އާންމުކޮށް ދިމާވާ އެއް ބަޔަކާ ދިމާވުމާއި ބަބްލް ކުޑަ ކުރުމަކީ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުއި ދެކެން ޖެހޭކަން އެޗްޕީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް