ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮ...

28 Jul 2022 | 07:30

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް އެތަނަށް ބަޔަކު ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެ ހަރަކާތުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ތިބިނަމަވެސް، އެ ހަރަކާތްތައް ހުރަސް އަޅައި އެ ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެފައިވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައެވެ.

އެދުވަހުގެ އެ މައްސަލައިގާ 21 މީހަކު މީގެ ކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ހަ މީހަކު ވަނީ ފަހުން ދޫކޮށްލާފައެވެ.

ބަންދުން ދޫކުރި ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމާފައިވާއިރު، ބައެއް މީހުންގެ މައްސަލަ މިހާރުވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް