ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ބަނދަރަށް ވެއްޓިއްޖެ

ލ. ގަމުގައި މީހަކު ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެ ބަނދަރަށް ވެއްޓިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ލ. ގަން ތުނޑީ ބަނދަރަށް ކާރެއް ވެއްޓިފައިވާކަމުގެ މައުލޫމާތު...

28 Jul 2022 | 06:15

ލ. ގަމުގައި މީހަކު ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި އެ ބަނދަރަށް ވެއްޓިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ލ. ގަން ތުނޑީ ބަނދަރަށް ކާރެއް ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު 10:03 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.

"މި ހާދިސާގައި ކާރު ދުއްވަން އިން މީހާ މިހާރުވަނީ ސަލާމަތްކޮށްފަ، އަދި އެމީހާއަށް އަނިޔާއެއް ލިބިފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކާރު މޫދަށް ވެއްޓިފައިވަނީ، ދުއްވާފައިދަނިކޮށް ގަލަކަށް އެރުނު ވަގުތު ރޭހަށް ފިތާލެވިގެން ކޮންޓްރޯލުނުވެގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކާރު ވެއްޓުނު އިރު އެ ކާރުގައި އިނީ ކާރު ދުއްވަން އިން އަންހެންމީހާ އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް