މަކުނު ވިދުރި ޖެހުނު 98 އިންސައްތައަކީ ޖިންސުން ގުޅުން ހިންގާ ފިރިހެނުން: ދިރާސާ

މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސްގެ މި ފަހަރުގެ އައުޓްބްރޭކްގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 98 އިންސައްތަ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންކަމަށް ދިރާސާއަކުން ދައްކައ...

28 Jul 2022 | 02:47

މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސްގެ މި ފަހަރުގެ އައުޓްބްރޭކްގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން 98 އިންސައްތަ މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއަކީ ނިއު އިންގްެލެންޑް ޖާނަލް އޮފް މެޑިސިންގައި މިދިޔަ ހަފްތާގައި ހާމަކޮށްފައިވާ ދިރާސާއެކެވެ.

އެ ދިރާސާއިން ދެއްކިގޮތުގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ 98 އިންސައްތައަކީ އެއް ޖިންސުން ގުޅުންހިންގާ ފިރިހެނުންކަމުގައިވާއިރު އޭގެ ތެރެއިން 95 އިންސައްތަ މީހުުންނަށް މި ބަލި ޖެހިފައިވަނީ އެ އަމަލު ހިންގުމުންކަން ދެނެގަނެފައިވެއެވެ.

މި ދިރާސާއިން މިގޮތަށް ދައްކާފައިވާއިރު މި އައުޓްބްރޭކްގައި މިހާތަނަށް 78 ގައުމަކުން 18 ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެއެވެ. މި ބަލީގައި ފަސް މީހަކު މިހާތަނަށް މަރުވެފައިވެއެވެ.

މި ބަލި 18 ހާހަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މި ބަލި ފެތުރޭ ނިސްބަތުގެ 70 އިންސައްތަ ނިސްބަތްވަނީ ޔޫރަޕުގެ ގައުމުތަކުގައެވެ. ބާކީ 30 އިންސައްތަައިގެ ތެެރެއިން 25 އިންސައްތަ ނިސްބަތްވަނީ އެމެރިކާއަށެވެ. އެހެން ގައުމުތަކުން ފެނިފައިވާ ކޭސްތަކުގެ ނިސްބަތަކީ އެންމެ ފަސް އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް