ދިވެހިވަންތަ އުފެއްދުންތައް ކުރިއެރުވުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް އާރޓްސް އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، ޤައުމީ އެކިއެކި މުނާސަބަތުތަކާއި ގުޅިގެން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިވަންތަ، ދިވެހީންގެ އަމިއްލަ އުފެއްދުންތަކަކަށް ހެދުން މުހިއްމު ކަމަށާއި، ދިވެހި ފަންނާނުންނަކީ ހުނަރުވެރި، ކުޅަދާނަ ބައެއް ކަމަށް އެކަމަނާ ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަދި އެ ފަންނާނުންގެ ހުނަރާއި، ދިވެހިވަންތަ އުފެއްދުންތައް ކުރިއެރުވުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެކަމަނާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
https://twitter.com/yumna_maumoon/status/1420263371413229569
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް