ކޮވިޝީލްޑް ޖަހާފައިވާ މާބަނޑު މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ދެނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން ބަލިވެ އިންނަނ މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ދޭން ނިންމައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ...

28 Jul 2021 | 10:38

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން ބަލިވެ އިންނަނ މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ދޭން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެގޮތަށް ނިންމީ މިމަހުގެ ތެރޭގައި ޓެކްނިކަލް އެޑްވައިޒަރީ ޓީމުން މަޝްވަރާ ކުރުމަށް ފަހު އެވެ.

އެ ނިންމުމަކީ ފައިޒާ ވެކްސިން އަކީ މާބަނޑު މީހުންނަށް ޓެސްޓުކޮށްފައި ވެކްސިނަކަށް ވާތީ ނިންމު ގޮތެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް ވެކްސިން ދޭން ފަށާނީ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓެއް ރާއްޖެއަށް ލިބުމުން ކަމަށެވެ. އެކަމަކު މިވަގުތު ފައިޒާ ވެކްސިން ރާއްޖޭގައި ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރީ ކޮވެކްސް ފެސިލިޓީ އާއި އެޔޮއެދޭ ފަރާތަކުން ހަދިޔާ ކުރި ފައިޒާ ވެކްސިން ޑޯޒު ތަކެކެވެ. އެ ވެކްސިން ދީފައިވަނީ މާބަނޑު މީހުންނާއި 16 އަހަރުން މަތީގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށެވެ.

މިވަގުތު ރާއްޖޭގައި ޖަހައިދެމުން ދަނީ ސިނޮފާމް، ކޮވިޝީލްޑް އަދި އެސްޓްރާޒެނިކާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް