އައްސޭރި ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވ...

28 Jul 2021 | 07:39

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިތަކެތި އަތުލައިގެންފައިވަނީ އަންގާރަ ދުވަހުގެ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ވަނީ ހޯދާފައި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށެވެ.

https://twitter.com/ahumadhumohamed/status/1420254809928523787

އަހްމަދު ވިދާޅުވީ، އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓްވަނީ ބަޔަކާއި ހަވާލުކުރެވިފައި ކަމަށެވެ. މާދަމާ އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

އަދި މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްސޭރި ޖަލަކީ ނުރައްކާތެރި ނޫން ގައިދީން ހައްޔަރުކޮށްފައި ތިބޭ ޖަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް