ދިވެހި ފިލްމީ ތަރި އާމިރާ އިސްމާއީލަށް ލައިވްކޮށް ކުރިޔަށް ދިޔަ ޕްރޮގްރާމެއްގައި ގުޅި މީހަކު ލޯބި ހުށަހެޅުމުން ޖަވާބުގައި އާނއެކޭ ބުނެފި އެވެ.
އެއީ އިއްޔެ ރޭ ޓީވީއެމްއިން ދެއްކި "ލަވަޔަކުން" ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގައި އާމިރާ ބައިވެރިވެފައިވަނީ މެހެމާނެއްގެ ގޮތުގައި އެވެ. އަދި ޕްރޮގްރާމްގައި ގެނެސްދީފައިވަނީ އާމިރާ އެކްޓުކޮށްފައިވާ ލަވަތެކެވެ.
އެ ޕްރޮގްރާމްގެ ތެރެއިން އާމިރާއަށް ލޯބި ހުށަހެޅީ ފޯނު މެދުވެރިކޮށް ޕްރޮގްރާމްގައި ބައިވެރިވި މުހައްމަދު ނަމަކަށް ކިޔާ މީހެކެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހަކު ގުޅީންސުރެ އާމިރާގެ ހިނިއައުމެއް ނުހުއްޓެވެ. އަބަދުވެސް އިންނަނީ އަނގަމަތީގައި އަތް އަޅައިގެން ހީލަހީލަ އެވެ.
އެންމެ ފަހުން ޕްރެޒެންޓަރު ނަމްޒާވަނީ މުހައްމަދަކީ އާމިރާ ދަންނަ މީހެއްތޯ ސުވާލުކޮށްފައި އެވެ. ޖަވާބުގައި އާމިރާ ވަނީ އެ ދެމީހުންނަކީ ދަންނަ ދެމީހުން ކަމަށް ބުނެފައި އެވެ.
އެމީހާ އާމިރާއަށް ލޯބި ހުށަހަޅަނީ އާމިރާ ކައިރީ އަހާލަން ބޭނުންވާ އެއްޗެއް އޮތްތޯ އެހުމުންނެވެ. މުހައްމަދު ފުރަތަމަ ބުނެފައިވަނީ އޮންއެއާގައި ލޯބި ހުށަހަޅައިފި ނަމަ އާނއެކޭ ބުނާނަންތޯއެވެ. ނަމްޒާ އެ ސުވާލު އާމިރާ އާއި ރިޕީޓުކޮށް ކުރުމުން އާމިރާ ވަނީ އާނއެކޭ ބުނާނެ ކަމަށާއި އެކަމަކު އަދި މުހައްމަދު ލޯބި ހުށަނާޅާ ކަމަށް ބުނެފަ އެވެ.
އާމިރާ އެހެން ބުނުމުން މުހައްމަދު ވަނީ ލޯބި ހުށަހަޅައިި ރައްޓެހިވާން އަހާފައި އެވެ. ޖަވާބުގައި އާމިރާ ވަނީ އާނއެކޭ ބުނެ މުހައްމަދާއި ލޯބީގެ ގޮތުން ގުޅިފަ އެވެ.
https://www.tiktok.com/@maldiviancontent/video/6989382758992858370?referer_url=https%3A%2F%2Fvaguthu.mv%2F&referer_video_id=6989382758992858370&refer=embed
އާމިރާ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު ފުރަތަމަ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައިވެ އެވެ. އާމިރާ ކުރިން ކައިވެނި ކުރި ދެމީހުންނަކީވެސް މަޝްހޫރު ކެމެރާމަނުންނެވެ.
އާމިރާ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު "ލީނާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް