ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށް ދިނުން ފުޅާ ކުރަން އެފްއެސްއެމްއަށް މި އަހަރު އާ ހަތަރު ބާޖު ގެންނާނެ ކަމަށް ބުނެފި އެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މީޑިއާގައި ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށް ދިނުން ފުޅާ ކުރަން އެފްއެސްއެމްއަށް މި އަހަރު އާ ހަތަރު ބާޖު ގެންނާނެ ކަމަށެވެ. އަދި ތެޔޮ ސަޕްލައި ކުރާނެ އުޅަނދުތައް ނެތުމުން އެ ކުންފުންޏަށް ދަތިތަކާ ކުރިމަތިވާތީ އެ އުނދަގުލުން ސަލާމަތްވާން ގެންނަ މި އުޅަނދުތައް މި އަހަރުގެ ފަހުކޮޅު ހިދުމަތަށް ނެރެވޭ ވަރުވާނެ ކަމަށެވެ.
ގަސްމް ވިދާޅުވީ، ބާޖުތައް ބަނުމުގެ މަސައްކަތް ކުރަނީ މިސްރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން ކަމަށާއި، ނަމަވެސް ލަސްވަނީ ޕެންޑެމިކާ ގުޅިގެން ކަމަށެވެ. އުންމީދު ކުރަނީ ސެޕްޓެމްބަރު އޮކްޓޫބަރު ހިސާބު ބާޖުތައް ލިބޭނެ ކަމަށާއި، އުޅަނދުތައް ލިބުމުން ފްލީޓުގައި ހުރި ތާށިކަން ވެސް ކުޑަ ވެގެން ދާނެ ކަމަށް ގަސަމް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވީ އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ތެޔޮ އަޅަން ޒަމާނީ ފެންވަރުގެ ޝެޑެއް މާލޭގައި ހެދުން ކަމަށާއި އެ މަސައްކަތް ތިން މަސް ތެރޭ ފެށޭނެ ކަމަށެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއެސްއެމްއަކީ 2000 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް