އެމެރިކާގެ ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓުގައި ރާއްޖެ ބައިވެރިވެއްޖެ

ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓުގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ. އެމްއެމްޕީއާރްސީން ބުނީ، މި ސަމިޓޫ ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 25 އިން 27 އަށް އެމެރިކާގެ ޓެކްސަސްގައި ކ...

28 Jul 2021 | 06:13

ލަގްޒަރީ ޓްރެވެލް އެޑްވައިޒާސް އަލްޓްރާ ސަމިޓުގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ސަމިޓޫ ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 25 އިން 27 އަށް އެމެރިކާގެ ޓެކްސަސްގައި ކަމަށެވެ.

މި ސަމިޓުގައި ރާއްޖެއިން ބައިވެރިވީ 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ލަގްޒަރީ ޓްރެވެލްއަށް ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުންކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އަދި އެމްއެމްޕީއާރްސީން ބުނީ، މިއީ 2021 ވަނަ އަހަރު އެމެރިކާގެ މާކެޓަށް އަމާޒުކޮށް ރާއްޖެއިން ބައިވެރިވި ފުރަތަމަ ފިޒިކަލް އިވެންޓުކަމަށެވެ.

މިއީ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ތަރުހީބު ބޮޑު އިވެންޓު ކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

މި ބީ2ބީ އިވެންޓްގައި ލަގްޒަރީ ކުންފުނިތަކަށް އެމެރިކާ ސަރަހައްދުގެ މާކެޓްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް