އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފިއެވެ. އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައި...

28 Jul 2021 | 06:02

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް 3.5 ޓަނުގެ ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފައިވާތީ، ދިވެހި ސަރުކާރުގެ ނަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިއީ ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހިތްވަރަކާއި ބާރެއްގެގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

https://twitter.com/abdulla_shahid/status/1420220585213239297

އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި މި ތަކެއްޗަކީ ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހަދިޔާކޮށްފައިވާ ސާމާނުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް