ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 169 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 169 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނި...

28 Jul 2021 | 05:45

އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިހާތަނަށް 169 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، މިޙާލަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސް، މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް 12731 މީހަކަށް ވަނީ ދީފައިވާ ކަމަށައި އެއީ 169.98 މިލިއަން ރުފިޔާ ކަމަށެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ ރިސްކް އެލަވަންސެއް ދޭން ނިންމާފައިވާކަން ސަރުކާރުން އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

އެގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެލަވަންސް ދިނުމަށް ނިންމާފައިވަނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް