ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

މެދުކެނޑުމަކަށް ފަހު، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި އެވެ. އެޗްޕީއޭއިން ބުނީ، މިއަދުން ފެށީގެން ކޯވިޑުން ދިފާއުވުމަށް ދޭ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ވެކްސިންގެ ފުރަތަމަ ޑޯޒ...

28 Jul 2021 | 04:54

މެދުކެނޑުމަކަށް ފަހު، ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ، މިއަދުން ފެށީގެން ކޯވިޑުން ދިފާއުވުމަށް ދޭ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ތިން ހަފުތާ ވެފައިވާ މީހުންނަށް ކަމަށެވެ. ވެކްސިން ޖަހައިދޭނީ ހެނދުނު 09:00 އިން 11:00 އަށެވެ.

ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުގެ ފުރުސަތު ހުޅުވާލީ އާންމުކޮށް ހުރިހާ އެންމެންނަށެވެ. ވެކްސިން ޖެހުން ކުރިޔަށް ގެންދަނީ ސެނަހިޔަ ހޮސްޕިޓަލްގައި އެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި 260،991 މީހަކު ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 321،350 މީހެކެވެ.

މިދިޔަ އަލްހާ އީދާއި މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ވަނީ ބަންދުކޮށްފަ އެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ 90 ޕަސެންޓު މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިމޭނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް