އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނާ އަޑު އަހަމެވެ. ދިވެއްސަކަށް ވީތީ ފަޙުރުވެރިވާންޖެހެޔޭ ކިޔާތީވެސް އަޑު އަހަމެވެ. ނަމަވެސް ސުވާލަކީ މިހާރު ރާއްޖޭގެ ހާލަތު މިއޮތީ އަޅުގަނޑުމެން މި ޤައުމުގެ ދަރިޔަކަށް ވީތީ ފަޙުރު ވެރިވާންޖެހޭ ހާލަތެއްގަ ބާވައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްފަދައިން މިހާރު މި ރާއްޖެވެސް ވެފައި މިވަނީ އިންސާފެއް ނެތް ލާއިންސާނީ ޢަމަލްތަށް ގިނަ ވަމުންދާ ޤައުމަކަށް ވަމުންނެވެ. މި ވަހަކައަކީ ތީގެ ތެރެއިން ގިނަ ބަޔަކަށް ޤަބޫލު ކުރަން ދަތި ވާހަކަޔަކަށް ވެދާނެއެވެ. ނަމަވެސް ޙަޤީގަތަކީ މިއެވެ.
މި ނިމިގެންދާ މަސްތެރޭ ގައި ކިތަށް މާރާމަރީ ހިންގައިފި ހެއްޔެވެ.؟ ރޭގަވެސް ޒުވާނެއްގެ ބޮލަށް ވަޅިހަރައި ޒަހަމް ކޮށްފައިވެއެވެ. މިހާރު އެ ޒުވާނާ އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. ފަހެ އެ ޢަމަލްތަށް ހިންގާ މީހުންނަކީ ހަމަ އިންސާނުން ބާވައެވެ.؟ ހިތުގައި ހަމަ އެއްވެސް ރަޙުމެއް ނެތީ ހެއްޔެވެ. މި ކަންތަށް ކުރުމުގައި މިހާރު ދުވާލެއް ރޭގަނޑެއް ނޯވެއެވެ.
އަޅުގަނޑުމެންނަކީ އިންސާނުން ނެވެ. އެހެންކަމުން ކުށްތަށް ވެސް ކުރެވޭނެއެވެ. ކުށެއް ނުކުރެވޭ އިންސާނެއް ނޫޅޭނެއެވެ. އެންމެން ހިތް ހަމަޖެހޭ ގޮތަކަށް ވެސް ކަންތަކެއް ނުކުރެވޭނެ އެވެ. ނަމަވެސް އޭގެ މާނައަކީ އެ ކުށް ކުރެވޭ ނޫނީ ތިމާ ބުނާ ގޮތަކަށް ކަމެއް ނުކޮށްދެވޭ މީހާގެ ފުރާނަ ދުއްވާލުން ހެއްޔެވެ.؟
ރާއްޖޭގެ ހާލަތު މިހާ ދަށު ދަރަޖަޔަކަށް ވެއްޓެންވީ ކީއްވެ ބާ ވައެވެ. ދެން ބުނާނީ ތިމާގެ މައިންބަފައިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވިފާ ވީމައެވެ. ނޫނީ ތިމާއާ އެކީ އުޅޭ ރަޙުމަތް ތެރިން ގޯސް ވީމާ އެމީހުން އުޅޭ ގޮތަށް އުޅޭވެނީއެވެ. ނޫނެކެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާ ގޯސް ނުކުރެވޭނެއެވެ. އެ ގޯސް މަގު އިޙުތިޔާރު ކުރަނީ ހަމަ ތިމާ އަމިއްލައަށެވެ. ޤުރުއާނުގައި ﷲ އަންވާފައި ވެއެވެ." ފަހެ ތިމަން ރަސްކަނލާންގެ އެ އިންސާނާޔަށް ދެ މަގެއް ދެއްކެވީމެވެ. އެތަނުން މަގެއް އިޙުތިޔާރު ކުރުމަކީ އެ އިންސާނާގެ ކަމެކެވެ. ފަހެ ރަނގަޅު މަގު އިޙުތިޔާރު ކޮށްފިމީހާއަށް ކާމިޔާބު ލިބިގެންވެއެވެ. ގޯސް މަގު ހިޔާރު ކޮށްފިމީހާ ދެދުނިޔޭން ގެއްލި ނިމިދާ ހުއްޓެވެ."
ރާއްޖޭގައި މިހާރު ނުކުރަނީ ކޮން ކުށެއް ބާވައެވެ. ޒިނޭ ކުރުމާއި ޙައްގަކާ ނުލާ އިހާނެތިކޮށް މީހުން މެރުމާއި ބޭއިންސާފުން ކަންކަން ނިންމުމާއި ރަމަޟާން މަހު ރޯދަ ނުހިފައި އުޅުމާއި ވައްކަން ކުރުމުން ފެށިގެން ނުކުރާ ކަމެއް ނެތެވެ. ރަނގަޅު އަޙުލާގެއް ހުރި ޒުވާނެއ މަދެވެ. އަންހެނުންނާ ފިރިހެންނުން ލާ ހެނދުންތައްވެސް ޒަމާނުގެ ފެޝަނަށް ބަދަލުވެ އައުރަތަށް ނިވާ ނުވާ ހާލުގައެވެ. ފަހެ މިހާރު މ ޒުވާނުން މި ލާ ވީދާފައި ހުންނަ ޖިންސް ތަކުން ދައްކައިދެނީ ކޮން ކަމެއް ހެއްޔެވެ.؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެކަމުން އެ ދައްކުވައި ދެނީ އެ ފަދަ މީހުންގެ ނާތަހުޒީބު ކަމެވެ. ފަޤީރުންނަށް ވުރެން އެ ފަދަ މީހުން ހާލަތު ދައްކަމެވެ. ނޫނީ ފަޤީރުންނާ އެއް ހަމައެއްގައި ވާކަމެވެ.
މާތް ރަސްކަނލާންގެ އަޅުގަނޑުމެންގެ މި ރާއްޖެއަށް މި ނޫން އެހެން ދުވަހެއް ދައްކުވައި، އަޅުގަނޑުމެން ދިވެހި ދަރިޔަކަށް ވީތީ ފަޙުރުވރިވާ ފަދަ ތަނަކަށް މި ރާއްޖެ ހައްދަވާންދޭވެ. އާމީން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް