އަޅުގަނޑު ނުފިލާނަން، ގެއްލުވައިވެސް ނުލެވޭނެ: އެމްޕީ ސައުދު

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި، މަޖިލިސް މެމްބަރު ސައުދު ހުސެއިން ހޯދަން، ފުލުހުން އޭނާގެ ފޮޓޯ އާއްމުކޮށްފައިވާއިރު، ފިލާފައި ނުވާކަމަށާއި އަދި ގެއްލުވައިވެސް ނުލެވޭނެ ކަމަށް އެމްޕ...

27 Jul 2017 | 22:43

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި، މަޖިލިސް މެމްބަރު ސައުދު ހުސެއިން ހޯދަން، ފުލުހުން އޭނާގެ ފޮޓޯ އާއްމުކޮށްފައިވާއިރު، ފިލާފައި ނުވާކަމަށާއި އަދި ގެއްލުވައިވެސް ނުލެވޭނެ ކަމަށް އެމްޕީ ސައުދު ވިދާޅުވެއްޖެ އެވެ.

އެމްޕީ ސައުދު މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސައުދު ވިދާޅުވެފައިވަނީ ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށާއި ގެއްލުވާލަން އުޅުނަސް އިރާދަކުރެއްވިއްޔާ ނުގެއްލުވޭނެ ކަމަށެވެ. އަދި ނުވެސް ފިލާނެ ކަމަށެވެ. އަމުރު ސައްހަ ތޯ، ޓްވީޓްގައި ސުވާލު އުފައްދާފައި ވެ އެވެ.

ފުލުހުން މިރޭ އާއްމުކޮށްފައިވާ ހަބަރެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންއ އަންނަ މައްސަލައަކާއި ގުޅިގެން ސައުދު ހޯދަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް