ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ އެލްސީއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 6 މީހުންނަކީ ސ. ހިތަދޫ، ނާސިރައްދޫގެ މުނާޛު މުޙައްމަދު (21އ) އާއި ހއ. މޮޅަދޫ، ބަހާރުގެ ސިރުފާން އިބްރާހިމް (20އ) އާއި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހިމް (21އ) އާއި ސ. ހިތަދޫ، ލުހާއު އިބްރާހީމް ޢަރީން އަޙްމަދު (20އ) އާއި ނ. މިލަދޫ، ކާރނޭޝަންމާގެ، ޢަބޫބަކުރު ފާރިޢު (20އ) އަދި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ވިދާޅުވީ މިމީހުންގެ ތެރެއިން ޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ސިރުފާން އިބްރާހިމް އާއި މުނާޛު މުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޖުލައި 25 ވަނަ ދުވަހު ކަމަށާއި މިއެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މި 6 މީހުންނަކީ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަޙްޤީޤަށް އެނގިފައިވާއިރު މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ވަނީ ލިބިފައިވާކަމުގައިވެސް ފުލުހުން ހާމަކުރެ އެވެ.
ޖުލައި 19 ވަނަ ދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް