ދިވެހި ފުލުހުންގެ ފުޅަނދުން ފުލުހުން ބޭނުންކުރި 31 ވައްތަރެއްގެ ޔުނީފޯމް ފެންނާނެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މިނިވަން ދުވަހުގެ މުނާސަބާތުގައި ބާއްވާ ރަސްމީ ފުޅަނދު ބުރުގައި ދިވެހި ފުލުހުން ބައިވެރިވެ ފުލުހުންގެ ޚިދުމަތުގެ ތަޞައްވުރު ދައްކުވައިދޭ ފުޅަނދެއް ބައިވެރި ކުރާނެކަމަށެވެ. އަދި ދިވެހި ފުލުހުން ތައްޔާރުކޮށްފައިވާ ފުޅަނދުން ދައްކުވައި ދޭނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތަށްޓަކައި ރައްޔިތުންގެ ޚިދުމަތުގައި ދިވެހި ފުލުހުން ދެމި ތިބި، އަދި ދެމި ތިބޭނެ ބައެއްކަމަށެވެ.
މި ފުޅަދާއެކު ދިވެހި ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތައް ދައްކުވައި ދިނުމަށް، 1933 ން ފެށިގެން މިއަދާއި ހަމައަށް ދިވެހި ފުލުހުން ބޭނުން ކޮށްފައިވާ 31 ވައްތަރެއްގެ ޔުނީފޯމް ފެނިގެން ދާނެކަމަށްވެސް ފުލުހުން ހާމަ ކުރައްވައެވެ.
ފުޅަދާއެކު ދައްކުވައިދޭނެ ޔުނީފޯމްތައް:
ހުދު ލިބާހާއި މުންޑު (ފުލުހުންގެ ފުރަތަމަ ޔުނީފޯމް)
އެލް.އައި ޖެހި ހުދުލިބާހާއި މުންޑު (އަރި ތާކިހަލާއެކު)
ކާކީ ޔުނީފޯމް (ސޯޓު ބުރިއާއެކު)
ފަށް ގަމީސް (މުންޑާއެކު)
ފަށް ގަމީސް (ފައިކުރިފުޅާ ފަޓްލޫނާއެކު)
ޖަންގަލް ގްރީން ޔުނީފޯމް (ނެޝަނަލް ސެކިއުރިޓީ ސާރވިސްގެ ދުވަސްވަރު ބޭނުންކުރި)
ވާރކިންގ ޑްރެސް (ނެޝަނަލް ސެކިއުރިޓީ ސާރވިސްގެ ދުވަސްވަރު ބޭނުންކުރި)
ކޮމްބެޓް ޔުނީފޯމް (ނެޝަނަލް ސެކިއުރިޓީ ސާރވިސްގެ ދުވަސްވަރު ބޭނުންކުރި)
ސެރެމޯނިއަލް ޑްރެސް 1 (ކޮމިޝަންޑް އޮފިސަރުންގެ)
ސެރެމޯނިއަލް ޑްރެސް 3 (ކޮމިޝަންޑް އޮފިސަރުންގެ މެސް ޑްރެސް)
ޒެބްރާ ކޮމްބެޓް
ޕޮލިސް ބޭންޑް ޔުނީފޯމް
ޕޮލިސް ކޮމްބެޓް
ޕޮލިސް ކޮމްބެޓް (ބޮޑީ އާރމާއާއެކު)
ސްވަޓް ޔުނީފޯމް
ސްވޮޓް ޔުނީފޯމް (ބޮޑީ އާރމާއާއެކު)
ބޮޑީ ގާރޑް ޔުނީފޯމް (03 ވައްތަރެއްގެ ސަފާރި)
ސެރެމޯނިއަލް ޑްރެސް 1 (ނޮން ކޮމިޝަންޑް އޮފިސަރުންގެ)
ސެރެމޯނިއަލް ޑްރެސް (ނޮން ކޮމިޝަންޑް އޮފިސަރުންގެ ކޯޓް)
ސެރެމޯނިއަލް ޑްރެސް (އަތްދިގު ޔުނީފޯމް)
އޮޕަރޭޝަން ޔުނީފޯމް
ފޮރެންސިކް ފުލުހުން ބޭނުންކުރާ ޔުނީފޯމްތައް (ފޮރެންސިކް ޔުނީފޯމާއި ލެބް ކޯޓް)
ޑީ.އީ.ޑީ ޔުނީފޯމް
މެރިން ޕޮލިސް ޔުނީފޯމް
ޕޮލިސް ވާރކިންގ ޑްރެސް (ފިރިހެން)
ޕޮލިސް ވާރކިންގ ޑްރެސް (އަންހެން)
ޓްރެފިކް ޕޮލިސް ޔުނީފޯމް
ޓުއަރިސްޓް ޕޮލިސް ޔުނީފޯމް
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އުފެދުނީ އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން 03 ގެ ރަސްކަމުގައި 1932 ވަނަ އަހަރު އެކުލަވައިލެވުނު ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ބާރު ލިބިގެންނެވެ. އެ ޤާނޫނުއަސާސީގެ ދަށުން ފުލުހުންގެ ޚިދުމަތް ފަށާފައި ވަނީ 1933 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް