ދުއްވުން މަނާ ވަގުތު 6:00 އިން ރޭގަނޑު 8:30 އަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކޮށްފި އެވެ.
ކުރިން ނިންމާފައިވާގޮތުން މިއަދު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވަނީ ދުވަހުގެ ހަވީރު 6:00 ން ރޭގަނޑު 10:00 އަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި މިނިވަން ދުވަހާއި ގުޅުވައިގެން ހިނގާފައި އުޅޭ ވަގުތުގޮތުގައި މިއަދަށް ކަނޑައަޅާފައިވާ ވަގުތު ބަދަލުކުރީ ޖެހިޖެހިގެން ދެ ދުވަހަށް ހިނގާފައި އުޅޭ ގޮތަށް ނިންމުމުން ބައެއް ފަރާތްތަކަށް ދަތިތައް ދިމާވެފައިވާތީ ކަމަށެވެ.
އިއްޔެ ވެސްވަނީ 5:00 ން 8:00 އަށް ދުއްވާފައި އުޅުން މަނާކޮށްފައެވެ. ދުއްވާފައި އުޅޭ ވަގުތުތަކެއް ހަމަޖެއްސީ، މިނިވަން 50 ގެ ޙަރަކާތްތައް ބަލާލުމަށް ގިނަ ބަޔަކު، ޚާއްޞަގޮތެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން މަގުތަކުގައި ހިނގާ ބިނގާވެ އުޅޭތީ އާންމު ރައްޔިތުންނަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް