މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ދިއްލާފައިވާ ކުލަބޮކިތައް އަންނަމަހު 10 އަކާއި ހަމައަށް ހުންނާނެ ކަމަށް މިނިވަން 50 އޮފީހުން ބުނެފިއެވެ.
އެކި ސަރަހައްދުތަކުގައި ޒީނަތްތެރި ކުރުމުގެ ގޮތުން ދިއްލާފައިވާ ދިއްލުންތައް ނިންވާލަން ހަމަޖެހިފައިވަނީ އޮގަސްޓް 10 ފަހުން ކަމަށާއި، އެ ގޮތަށް ނިންމާފައިވަނީ މިނިވަން 50 ގެ ދިއްލުންތައް ވީހާވެސް ގިނަބަޔަކު ބަލާލައި އުފާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މިނިވަން 50 ގެ އޮފީހުން ބުނެއެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގެ ސަރުކާރު އިމާރާތްތަކާއި އާއްމުންގެ ގެތަށް ވަނީ ކުލަ ބޮކިން ޒީނަތްތެރިކޮށްފައެވެ. ޖުލައި 26 ކުރިން ތަންތަން ދިއްލަން ފަށާފައިވާއިރު، މަގުތަކާއި އިމާރާތްތަކުގައި ބޮކިތައް ހަރުކުރުމުގެ މަސައްކަތް ދަނީ އަދިވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް