ޓެރަރިޒަމްގެ ތުހުމަތުގައި 600 އަށްވުރެ ގިނަ މީހުން ތުރުކީން ހައްޔަރުކޮށްފި

ތުރްކީއިން ޓެރަރިޒަމްއާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގައި 600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ތުރްކީގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަނުގައި ތުރުކީއިންވަނީ އައިއެސް އާއި ކު...

28 Jul 2015 | 09:21

ތުރްކީއިން ޓެރަރިޒަމްއާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުގައި 600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ތުރްކީގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނުގައި ތުރުކީއިންވަނީ އައިއެސް އާއި ކުރުދީންގެ ޕީކޭކޭގެ މަޤާމުތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއްދީފައެވެ. ތުރުކީން ޓެރަރިޒަމްއާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށަފައިވާ މިދަނޑިވަޅުގައި ތުރުކީ އަދި ސީރިޔާއާއި ގުޅޭ ހިސާބުގައި އޮންނަ ތުރުކީގެ އަވަށެއްގައި ދިން ބޮމުގެ ހަމަލާއެއްގައި  30 މީހުން މަރުވެ، ޕީކޭކޭއިން ދިން ހަމަލާއެއްގައި ތުރުކީގެ ދެ ފުލުހެއް ވަނީ މަރުވެފައެވެ.

ތުރުކީއިން އައިއެސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ ބޮޑު ވަޒީރު ބޭއްވި ގައުމީ ސަލާމަތާބެހޭ ބައްދަލުވުމެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް