ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަ އޮނަރަރީ ކޮންސުލް، މޫދަށް އެރި އުޅެނިކޮށް އަވަހާރަވެއްޖެ

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް، ގޮޓް ފްރިޑް މުކޭ، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މޫދަށްއެރި އުޅެނިކޮށް އަވަހާރަވެއްޖެ އެވެ. މޫދަށްއެރި އުޅެނިކޮށް ގެނބިގެން މުކޭ އަވަހ...

28 Jul 2015 | 09:10

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް، ގޮޓް ފްރިޑް މުކޭ، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މޫދަށްއެރި އުޅެނިކޮށް އަވަހާރަވެއްޖެ އެވެ.

މޫދަށްއެރި އުޅެނިކޮށް ގެނބިގެން މުކޭ އަވަހާރަވެފައިވަނީ މިނިވަން 50 ގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖެ އައިސް އުޅުއްވަނިކޮށެވެ.

އުމުރުން 83 އަހަރުގެ މުކޭ، އަކީ ފާއިތުވި 30 އަހަރު ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަގާމު އަދާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ހާމަ ކުރެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި 83 އަހަރުގެ ފަތުރުވެރިއަކު މަރުވެގެން ޕެރަޑައިޒް ރިސޯޓުން މިއަދު 12:20 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެ އެވެ. މުކޭގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް