ތިން އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ބޭބެ ހައްޔަރުކޮށްފި

ތަކުރާރުކޮށް ގަދަކަމުން، ތިން އަހަރުވަންދެން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބޭބެ ހައްޔަރުކޮށްފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފ...

28 Jul 2015 | 08:39

ތަކުރާރުކޮށް ގަދަކަމުން، ތިން އަހަރުވަންދެން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބޭބެ ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ހާމަކުރާގޮތުގައި ހައްޔަރުކުރި މީހާއަކީ ނޯތު ޕޮލިސް ޑިވިޞަންގެ ރަށަކުން ހައްޔަރުކޮށްފައިވާ މީހެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކުރި މީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ.ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ޖިންސީގޯނާ ލިބުނު އަންހެން ކުއްޖާއަކީ ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. އެ އަންހެންކުއްޖާ މިހާރު ވަނީ ޓެސްޓް ހެދުމަށް ޓަކައި އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް