އުދަ އަރާނެކަމަށް ލަފާކޮށްފައިވާތީ ބްރިޖް ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

އުދަ އަރާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ ބްރިޖާއި ބްރިޖް ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުން ބުނެފައިވަނީ މިއަދު 01:30 އިން ހަވީރު 05:00 އަށް...

28 Jun 2025 | 11:19

އުދަ އަރާނެ ކަމަށް މެޓުން ލަފާކޮށްފައިވާތީ ބްރިޖާއި ބްރިޖް ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަކޮށް މިއަދު ފުލުހުން ބުނެފައިވަނީ މިއަދު 01:30 އިން ހަވީރު 05:00 އަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓުން ލަފާކޮށްފައިވާކަމަށެވެ.

"މި ވަގުތުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރައްވާ" ފުލުހުން ބުނެފައިވެއެވެ.

މެންދުރު 01:20 އިން ހަވީރު 05:00 އާއި ދެމެދުގެ ވަގުތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް