3000 + ބައިވެރިން: އުރީދޫ ފަން ރަން އައްޑޫ ސިޓީ ވަރަށް ކާމިޔާބު

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ފަން ރަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނ...

28 Jun 2025 | 10:58

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ފަން ރަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ. މި ދުވުން ކުރިއަށް ދިޔައީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ.

ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް ލިބިގެންދިޔައެވެ. ފަޚުރުވެރިކަމާ އެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ވަނީ މި މެޑަލްގައި ހިމެނިފައެވެ.

އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ މޭޔަރަށާއި، އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނަށާއި، މި ޙަރަކާތް ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. ތިޔަބޭފުޅުންގެ ހިތްވަރާއި އެއްބާރުލެއްވުމުގެ ސަބަބުން، މިކަމުގައި ޝާމިލުވާ އެންމެންނަށް ޙަޤީޤަތުގައިވެސް އުފާވެރި ތަޖުރިބާއެއް އުފެއްދުމަށް ވަނީ މަގުފަހިވެފައެވެ.

އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް