އޯޝަން ޓީވީ ސްޓޭޝަން ފަޅާލައި ތަކެއްޗަށް ގެއްލުންދީ, ބައެއް ތަކެތި ވަގަށް ގެންގޮސްފި އެވެ.
އޯޝަން ޓީވީ ސްޓޭޝަނުގެ ދޮރު ހަލާކު ކޮށްލައިގެން އެތަނަށް މީހަކު ވަންނަން މަސައްކަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފޫޓޭޖެއް ސޯސަލް މީޑިޔާގައި ދަނީ ދައުރު ވަމުންނެވެ.
އޯޝަން ޓީވީ ސްޓޭޝަނަށް ވަގަކު ވަދެފައިވަނީ މިއަދު ހެނދުނު 6:00 ހާއިރެވެ.
އޯޝަން ޓީވީގެ އިސް ބޭފުޅަކު ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އެ ސްޓޭޝަންގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި އެތަނުން ބައެއް ތަކެތި ވަނީ ވަގަށް ވެސް ގެންގޮސްފައި ކަމަށެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި ތަޙްޤީޤު ކުރަން ފަށާފައިވާކަމަށެވެ. އެހެންނަމަވެސް އަދި މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް