އެމްޑީޕީގެ ރައީސް ޝާހިދު، ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންގް ފިންގް އާއި ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ރައީސް އާއި ޝާހިދު ބައްދަލުކުރައް...

28 Jun 2024 | 16:32

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންގް ފިންގް އާއި ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ރައީސް އާއި ޝާހިދު ބައްދަލުކުރައްވާފައި ވަނީ ޗައިނާގެ ވެރި ރަށް ބެއިޖިންގް ގައެވެ.

ޝާހިދު ޗައިނާގެ ރައީސް އާ ބައްދަލު ކުރައްވާފައި ވަނީ "ފައިވް ޕްރިންސިޕަލްސް އޮފް ޕިސްފުލް ކޯ އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމާއި ގުޅިގެން ޗައިނާގައި ބޭއްވި ކޮންފަރެސްގެ ހަވާސާއެއްގައެވެ.

މިއީ ޗައިނާގެ ޙާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެސް އެކެވެ.

ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެސްގައި ޗައިނާގެ ރައީސް ޝީ ތަގުރީރު ދެއްވުމުގެ ކުރިންނެވެ.

ޝީ ދެއްވި ތަގުރީރަށް ފަހު ޝާހިދު ވިދާޅުވީ  އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށްގެން، ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭކަމަށާއި އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއި އެކު އެންމެން ދިރިއުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް