އަދިވެސް ދުނިޔޭގެ 80 އިންސައްތަ އަފިހުން ހިއްސާކުރަނީ އަފްޣާން

އަދިވެސް ދުނިޔޭގައި 80 އިންސައްތަ އޮޕިއަމް ނުވަތަ އަފިހުން އުފައްދަނީ އަފްޣާނިސްތާނުގައި ކަމުގައި އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބުނެފިއެވެ. އެ އިދާރާއިން މިހެން ބުނެފަ...

28 Jun 2023 | 18:48

އަދިވެސް ދުނިޔޭގައި 80 އިންސައްތަ އޮޕިއަމް ނުވަތަ އަފިހުން އުފައްދަނީ އަފްޣާނިސްތާނުގައި ކަމުގައި އދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބުނެފިއެވެ.

އެ އިދާރާއިން މިހެން ބުނެފައިވަނީ 2022 ވަނަ އަހަރުގެ ތަފާސް ހިސާބަށް ރިއާޔަތްކޮށެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ މީހުންގެ ހަބަކަށް އަފްޣާން ވެފައި އޮންނަ ކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އެފަދަ ވިޔަފާރިވެރިންނާއި މަސްތުވާތަކެތި ބޭނުންކުރާ 3.5 މިލިޔަން މީހުން އަފްޣާނުގައި ދިރިއުޅެމުން ގެންދެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ، މުޅި ދުނިޔޭގެ އާބާދީގެ 10 އިންސައްތަކަން ޔޫއެންއޯޑީސީން ފާހަގަކުރެއެވެ.

އެހެންނަމަވެސް އަފްޣާނުގެ މިހާރު އޮތް ތާލިބާނު ވެރިކަމުން އެކަން ދޮގު ކުރެއެވެ. އެގޮތުން ތާލިބާނުން ބުނަނީ އެ ގައުމުގައި އާ ވެރިކަމެއް ގާއިމްކޮށްފައިވާތާ ދެ އަހަރުވެފައިވާއިރު ފާއިތުވި ދެ އަހަރުގައި އެ ގައުމުގައި އަފިހުން އުފެއްދުމާއި ވިއްކުން މަނާކުރެވިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް