ކުޅުދުއްފުށީ އާ ގޮތަކަށް ހަ ވާ އަރުވައިފި

ކުޅުދުއްފުށި ސިޓީގައި މިރޭ މުޅިން އާ ގޮތަކަށް ހަ ވާ އަރުވައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން، މިރޭ އެ ސިޓީގައި ޕަޗަރާލި ޝޯގައި ހަ ވާ އެރުވުން އޮންނާނެކަމަށް އިއުލާނުކޮށްފައިވެއެވެ. މިއަދު ހެނދުނ...

28 Jun 2023 | 18:29

ކުޅުދުއްފުށި ސިޓީގައި މިރޭ މުޅިން އާ ގޮތަކަށް ހަ ވާ އަރުވައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން، މިރޭ އެ ސިޓީގައި ޕަޗަރާލި ޝޯގައި ހަ ވާ އެރުވުން އޮންނާނެކަމަށް އިއުލާނުކޮށްފައިވެއެވެ.

މިއަދު ހެނދުނު ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ބޮޑު ޢީދު 1444 – ޕަޗަރާލި ޝޯ، ހަ ވާ އެރުވުން، ހަރަކާތް އޮންނަ ތާރީހް އަވަސްކުރެވިފައިވާކަމަށެވެ.

ހަ ވާ އަރުވާކަމަށް އިއުލާނުކުރުމުން ގިނަ ބަޔަކު ހަ ވާ ބަލަން މިރޭ އެއްވި ކަމަށް ވެއެވެ. އެހެން ނަމަވެސް އެއްވި ކުޑަކުދިންނާއި ރަށުގެ ރައްޔިތުންނަށް ފެނުނީ މީގެ ކުރިން ރާއްޖޭގައި ފެނިފައިނުވާފަދަ ހަ ވާއެވެކެވެ.

ސްޓޭޖެއްގައި ހަ ވާ އައްސާފައި ހުރި އިރު ކޮންމެ ވަލެއްގައި އެ ވަލުގެ ނަމްބަރު ތަރުތީބުން ލިޔަމުންގޮސް ހަ ވަނަ ވަލުގައި ހަ ވާ ލިޔެފައިވެއެވެ.

މި ހަރަކާތް މިގޮތަށް ގެންދިއުމުން ގިނަ ބަޔަކު މިހާރު އަންނަނީ ސިޓީ ކައުންސިލަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ރަށުގެ ބެލެނިވެރި ރަސްމީ އިދާރާއިން ރައްޔިތުންނަށް މިވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އަނެއް ބަޔަކު ބުނެފައިވަނީ ހަވާ އަރުވާކަމަށް ހީކޮށް ގިނަ އަދަދެއްގެ ކުޑަކުދިން ގޮވައިގެން ނިކުތް އިރު ހަ ވާ އެރުވުމުން އެ ކުދިންގެ އިހްސާސްތަކާއި ޖަޒުބާތާ ސިޓީ ކައުންސިލުން ކުޅެފި ކަމަށެވެ. މިއީ ސިޓީ ކައުންސިލް މެންބަރުން އިސްތިއުފާ ދޭން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މިކަމަށް މޭޔަރުގެ ކޮމެންޓެއް ހޯދާލަން،ދުވަހުން ކުރި މަސައްކަތް، މޭޔަރު ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތްވަނީ ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް