ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލައިގާ އިންޑިއާއިން ހޯދަމުންދިޔަ، ރާއްޖޭގައި ހުރި އިންޑިއާ ޓީޗަރު އެކަމަށް އެއްބަސްވެއްޖެއެވެ.
އިންޑިއާ ނޫސްތަކުގައި މިއަދު ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ ސެޓިފިކެޓް ވިއްކި ކަމަށް ތުހުމަތު ކުރެވޭ އަބިން ސީ ރާޖް ރާއްޖޭގައި ހުރުމަށްފަހު އިންޑިއާއަށް ދިޔަތަނުން އިންޑިއާގެ ކޮޗިން އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައިވެއެވެ. އަދި ކުށަށް އޭނާ އިއުތިރާފުވެސް ވެފައިވެއެވެ.
އަބިން ސީ ރާޖް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔައީ ކަލާފާނު ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ.
އަބިން ހޯދަން އިންޑިއާ ސިފައިން މަސައްކަތް ފެށީ އޭނާގެ ރައްޓެއްސަކަށް ފޭކް ޑިގްރީއެއް ވިއްކި މައްސަލައެއްގައެވެ. އެ ސެޓިފިކެތް އަބިން ވިއްކި ކަމަށްވަނީ ދެ ލައްކަ ރުޕީސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް