ވިލާ ކޮލެޖް ބިޒްނަސް ކޮމިއުނިޓީން ޢީދު ހަދިޔާ ބަހައިފި

ވިލާ ކޮލެޖް ބިޒްނަސް ކޮމިއުނިޓީން ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓާއި ގުޅިގެން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ޢީދު ހަދިޔާ ބެހުމުގެ މި ހަރަކާތް ކުރިއަށް...

28 Jun 2023 | 15:34

ވިލާ ކޮލެޖް ބިޒްނަސް ކޮމިއުނިޓީން ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓާއި ގުޅިގެން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ޢީދު ހަދިޔާ ބެހުމުގެ މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ޢީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައެވެ. މި ހަރަކާތުގައި ވިލާ ކޮލެޖް ބިޒްނަސް ކޮމިއުނިޓީގެ ވޮލަންޓިއަރުން ބައިވެރިވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވިލާ ކޮލެޖްގެ ބިޒްނަސް ސޮޝައިޓީގެ ނައިބު ރައީސް އަހްމަދު އުވައިސް މުހައްމަދު ވިދާޅުވީ މި ހަރަކާތުގެ މަގްސަދަކީ ޢީދު ދުވަހު އެއްބައިވަންތަކަން އާލާކޮށް ހަދިޔާ ބަދިޔާ ބަދަލު ކުރުމުގެ ޝަގާފަތް ދިރުވައި އާލާ ކުރުން ކަމަށެވެ.

މި ހަރަކާތުގައި އެކި އުމުރުފުރައިގެ 200 އަށްވުރެ ގިނަ މީހުންނަށް ހަދިޔާ ދެވުނު ކަމުގައި ވިލާ ކޮލެޖް ބިޒްނަސް ސޮޝައިޓީގެ ޖެނެރަލް ސެކްރެޓަރީ އައިމިނަތު ސަނާ އަލީ ހާމަކުރެއްވިއެވެ. އަދި މި ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމުގައި ވިލާ ކޮލެޖްގެ މެނޭޖްމަންޓާއި ވޮލަންޓިއަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ސަނާ ޝުކުރު އަދާކުރެއްވިއެވެ.

މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ވިލާ ކޮލެޖް ބިޒްނަސް ސޮޝައިޓީން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް