ލައިސަންސް ނެތި ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭ، މަޖީދީ މަގު ރެޑްވޭވް ކައިރިންނެވެ.
"ރެޑްވޭވް އާ ހިސާބުން ހިނގާފައިދިޔަ މީހެއްގެ ގައިގާ ސައިކަލަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފަތިހު 05:01 ހާއިރު ރިޕޯޓު ކުރި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި 50 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.
"އެކްސިޑެންޓްގައި ސައިކަލު ދުއްވި 22 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
https://twitter.com/Addey_33/status/1673855752778432512
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް