ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބާއްވަނީ

އަންނަ ޖުލައި މަހު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި...

28 Jun 2022 | 15:36

އަންނަ ޖުލައި މަހު ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑީ ބޯޑިން މުބާރާތާއި ބެހޭ މަޢުލޫމާތު މި އަންނަ ހަފްތާގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށެވެ. އަދި އޭޝިއަން ސާފިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ތެރޭގައި އޮތީ ނެޝެނަލް ސާފިން އެސޯސިއޭޝަން އަދި ނެޝެނަލް ބޮޑީބޯޑިން އެސޯސިއޭޝަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ކަންކަމަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް އެހީތެރިކަން ދެމުންދާކަމަށެވެ.

މީގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމާ މަރާމާތަށް ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރާ ކަމަށާއި، އެކަމަށް އޮތް ހައްލެއްކަމަށް ގަބޫލުކުރަނީ އެރަށެއްގައި ހުރި ކުޅިވަރު ވަސީލަތްތައް ގާއިމްކުރެވިފައި ހުރި ބިމުގައި، އެތަންތަނުން އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް