މޫލީ މެދުވެރިކޮށް ސްކޫލް ފޮތްލިސްޓް އޮންލައިންކޮށް އޯޑަރުކޮށްލުމުން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ - ސަޅިއެއް ނޫންތަ

މޫލީ މެދުވެރިކޮށް ސްކޫލް ފޮތްލިސްޓް އޮންލައިންކޮށް އޯޑަރުކޮށްލުމުން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިބް ފަށައިފިއެވެ. މިއީ ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމ...

28 Jun 2022 | 13:38

މޫލީ މެދުވެރިކޮށް ސްކޫލް ފޮތްލިސްޓް އޮންލައިންކޮށް އޯޑަރުކޮށްލުމުން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިބް ފަށައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރު ފެށުމާއެކު، ސްކޫލް ފޮތްލިސްޓް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުންނާއި ބެލެނިވެރިން ދަތުރުކޮށް ފިހާރަތަކަށް ބާރުބޮޑުވެ، ކިއުގައި ޖެހުމަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ.

އުރީދޫ އިން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން މެދުވެރިކޮށް ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސްޓު ފަސޭހަކަމާއެކު ގޭގައި ތިބެގެން އޯޑަރުކޮށްލައި، ގެއަށް ޑެލިވަރ ކޮށްލުމުގެ ފަސޭހަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ހޯދައިދިނުމަށް އުރީދޫ މޯލްޑިވްސް އާއި ނޮވެލްޓީ ބުކްޝޮޕުން ޕާޓްނަރ ވެ، "ބެކް ޓު ސްކޫލް" ގެ ނަމުގައި ތައާރަފްކޮށްފައިވާ އޮފަރއެއް ކަމަށެވެ.

މި ޕާޓްނަރޝިޕް ގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލެނިވެރިންނަށް ކޮންމެތާކުން އަދި ކޮންމެވަގުތެއްގައި ވެސް، މޫލީ މެދުވެރިކޮށް އޮންލައިންކޮށް ފޮތްލިސްޓް އޯޑަރކޮށްލެވި، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރކޮށްދެވޭނެއެވެ.

މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފޭން އަދި ނޭމް ޓެގް ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބިގެންދާނެއެވެ.

މޫލީ މެދުވެރިކޮށް ފޮތްލިސްޓް ބައްލަވައިގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައިގަންނަވާނެއެވެ.

ޗެކް-އައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރ ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންފުޅުވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ކުރެވޭނެއެވެ. މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލަރ ޕެޕްސް ވޯޓަރކަލަރ މެޓަލް ސެޓް 24 ކުލަ، ފެބަރ-ކަސްޓެލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޓެޑްލަރ އެރްގޯސޮފްޓް ކަލަރ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސޓް ބައްލަވައިގަންނަ ގްރޭޑަށް އެކަށޭނެހެންނެވެ.

އޮޑަރކޮށްލުމަށް:

  1. މޫލީ ވެބްސައިޓަށް http://ore.do/backtoschool ޒިޔާރާތްކޮށް ލޮގިންވެލައްވާ
  2. ސްޓޭންޑަޑް، ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖް ހިޔާރުކުރައްވާ
  3. ސްޓުޑަންޓް ވައުޗަރ ކޯޑް އަދި އައިޑީކާޑް ނަންބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖައްސަވާ
  4. ކާޓްއަށް އެޑް ކުރުމަށްފައި އޯޑަރ ކަށަވަރުކުރައްވައި

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވިދާޅުވީ ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވަމުން އަންނަ ބެލެނިވެރިންނަށް އޮންލައިން ފޮތްލިސްޓަށް އޯޑަރކޮށް ކޮށްލުމުގެ ފަސޭހަ ފަހި ކޮށްދިނުމަށް ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނަރޝިޕެއް ގާއިމްކޮށްފައި ކަމަށާއި އަމާޒަކީ ފޮތްލިސްޓް ހޯދުމަށް ބެލެނިވެރިން ދަތުރުފަތުރުކުރުމާއި ކިއުގައި ޖެހުން ފަދަ ތަކުލީފު ނައްތާލުން ކަމަށެވެ.

" ފޮތްލިސްޓްގެ އިތުރުން ބެލެނިވެރިންނަށް ސްކޫލްއަށް ބޭނުންވާ އެހެނިހެން ސްޓޭޝަނަރީ ފަދަ ތަކެތި ވެސް މޫލީ މެދުވެރިކޮށް އޯޑަރ ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރކޮށްލަދޭނެ. އަޅުގަނޑުމެންގެ އެއްމީދަކީ ކުރިއަށް އޮތް އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ބާއްޖަވެރި އަދި އުފާވެރި އަހަރަކަށްވުން" ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް