ވޯޓު ދެވެނީ އަހުލާގެއް ނެތް މީހަކަށްނަމަ މުޖްތަމައުގެ ފޭރާމުގެ ބާކީބައިވެސް ނެތި ހިނގައިދާނެ: އަނާރާ

ވޯޓެއް ދެވޭއިރު އެ ވޯޓެއް އެ ދެވެނީ އަހުލާގެއް ހުރި މީހެއްތޯ ބެލުން ކޮންމެ މީހަކަށް ލާޒިމުކަމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ މިއަދު ކުރެއ...

28 Jun 2022 | 11:02

ވޯޓެއް ދެވޭއިރު އެ ވޯޓެއް އެ ދެވެނީ އަހުލާގެއް ހުރި މީހެއްތޯ ބެލުން ކޮންމެ މީހަކަށް ލާޒިމުކަމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަނާރާ ވިދާޅުވެފައިވަނީ މަގާމުތަކަށް ގެންނަން މީހުންނަށް ވޯޓު ދޭއިރު، ވޯޓުން ހޮވާ މީހަކީ ދީނަށް ހުރުމަތްތެރިކޮށްހިތާ މީހެއްތޯއާއި ރަނގަޅު އަހުލާގެއްގެ މީހެއްތޯ ބެލުން ވޯޓުލާ ކޮންމެ މީހަކަށްމެ ކޮންމެހެން ލާޒިމު ކަމަށެވެ.

"ނޫންނަމަ މުޖްތަމައުގެ ފޭރާމުގެ ބާކީއޮތްބައިވެސް ނެތިގެން ހިނގައިދާނެ" އަނާރާ ވިދާޅުވިއެވެ.

އަނާރާ މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ބައެއް ބޮޑެތި ބޭބޭފުޅުންވެސް ހިމެނޭހެން އެއް ޖިންސުން ގުޅުންހިންގުމުގެ ވީޑިއޯތަކެއް ލީކުވެ، އެފަދަ ވީޑިއޯތަކެއް މެދުވެރިކޮށް ބްލެކްމެއިލް ކުރާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް