ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތާއި ގުޅޭ ގޮތުން ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދީފައިވާނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ އަންގާރަ ދުވަހު ހެނދުނު 06:30ގައި ބޭއްވި
ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީ އިންޒާރު ދީފައި ވެއެވެ.
އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަަހުލޫފް ވިދާޅުވީ އެ މިނިސްޓްރީން އެއްވެސް ހަރަކާތެއް ރާވާ ނަމަ ސެކިއުރިޓީ ބްރީފިން ދިނުމަށް ހާއްސަ ބައްދަލުވުމެއް އަބަދުވެސް ބާއްވާކަމަށާއި އެ އުސޫލުން މި ފަހަރުގެ ޔޯގާ ހަރަކާތާ ގުޅޭ ގޮތުން، އެ ބައްދަލުވުމުގައި ފުލުހުންނަށް ދޭން ޖެހޭ ހުރިހާ މައުލޫމާތެއް ދީފައިވާނެކަމަށެވެ.
މީގެ އިތުރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް