ޓެން ހާގްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފުރަތަމަ ފަރިތަކުރުމުގައި ރޮނާލްޑޯ ބައިވެރިއެއް ނުވޭ

މެންޗެސްޓާ ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފުރަތަމަ ޕްރިސީޒަން ފަރިތަކުރުން ޕޯޗުވަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލާ ކުރިޔަށް ގެންގޮސްފިއެވެ. މެންޗެސް...

28 Jun 2022 | 09:59

މެންޗެސްޓާ ޔުނައިޓެޑުގެ އައު ކޯޗު އެރިކް ޓެން ހާގުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފުރަތަމަ ޕްރިސީޒަން ފަރިތަކުރުން ޕޯޗުވަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލާ ކުރިޔަށް ގެންގޮސްފިއެވެ.

މެންޗެސްޓާގެ ކެރިންގްޓަންގައި ހޯމަދުވަހު ކުރިޔަށް ގެންދިޔަ ޔުނައިޓެޑުގެ ފުރަތަމަ ޕްރިސީޒަން ފަރިތަކުރުމުގައި ރޮނާލްޑޯ ބައިވެރިވެފައި ނުވާއިރު، ރޮނާލްޑޯ މިވަގުތު ހުރީ ޕޯޗުގަލްގެ ގައުމީޓީމުގެ ފަރިތަކުރުންތަކަށް ގޮސް ޕޯޗުގަލްގެ ލިސްބަންގައެވެ.

ޔުނައިޠެޑުން ނެރުނު ބަޔާނެއްގައި ވާ ގޮތުގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި ގުޅޭނީ އަންނަ ހަފްތާގައެވެ.

ރޮނާލްޑޯގެ އިތުރުން ޑިއޭގޯ ޑަލޮޓް، ބްރޫނޯ ފެނާންޑޭސްގެ އިތުރުން ރަފެއަލް ވެރާން، މެކް ޓޮމިނާއީ، ފްރެޑް އަދި އެލަންގާ ފަދަ ކުޅުންތެރިން ވެސް ހޯމަ ދުވަހުގެ ފަރިތަކުރުން ތަކުގައި ބައިވެރިފައެއް ނުވެއެވެ. މި ހުރިހާ ކުޅުންތެރިންވެސް މިވަގުތު ތިބީ ގައުމީޓީމާއި އެކު އަމިއްލަ ގައުމުގައެވެ.

އެހެންނަމަވެސް ޔުނައިޓެޑުގެ. ބަޔާނުގައި ވާ ގޮތުން ހޯމަ ދުވަހުގެ ފަރިތަކުރުން ތަކުގައި ބައިވެރިނުވާ ހުރިހާ ކުޅުންތެރިންވެސް ވަރަށް އަވަހަށް ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެއެވެ.

އަންނަ ޖުލައިމަހުގެ އަށް ވަނަ ދުވަހު ޔުނައިޓެޑު ޕްރިސީޒަން ޓްވާއަށް ތައިކެންޑަށް ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ޔުނައިޓެޑުގެ ޕްރިސީޒަން މެޗުތަށް ކުޅޭނީ ތައިލެންޑާއި އޮސްޓްރޭލިއާގައެވެ. ޕްރިސީޒަންގެ ފުރަތަމަ މެޗުގައި އެޓީމު ނުކުންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ވާދަވެރި ލިވަޕޫލާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް