މިހާރު މި އޮތް ސަރުކާރަށް ތާއީދު ކުރުމާއިމެދު ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވެއްޖެ ކަމުގައި މަސްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓް ޑރ. އިޔާޒް އަމާޒުކުރައްވާފައިވަނީ ޔޯގާ މައްސަލައިގާ މިއަދު ޔޫތު މިނިސްޓަރު މަހްލޫފް ދެއްކެވި ވާހަކަފުޅަށެވެ.
އެގޮތުން "ޔޯގާ މައްސަލައަކީ ބަޔަކު ވެރިކަމަށް އައުމުގެ ބޭނުމުގައި ކުރާ ކަމެއް:މަހްލޫފް" މި ސުރުހީގެ ދަށުން އައްޑޫލައިވްގައި ލިޔެފައިވާ ހަބަރެއް ޓްވީޓްކުރައްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ މަހްލޫފް އެ ދެއްކެވީ މުޅިން ދޮގު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑަކީ މި ސަރުކާރު ދެމި އޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް، ނަމަވެސް ޔޯގާގެ ކަންތަކުގައި ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށް ދާން މަޖްބޫރުވެއްޖެ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
މި ޓްވީޓަށްފަހު އެތައް ޓްވީޓެއް މެދުވެރިކޮށް ޔޯގާގެ ހަގީގަތް މިނިސްޓަރު މަހްލޫފަށް ބުނެދޭން ޑރ. އިޔާޒް މަަސައްކަތްކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް