މަސް ނިމުމުން ގިނަ ބިލްތަކެއް އެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ދައްކާލަން ނަމަ އުރީދޫގެ އެމް-ފައިސާ އަކީ ފަސޭހަ ހައްލެކެވެ.
އެމް ފައިސާ ބޭނުން ކުރެވޭނީ އުރީދޫ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
އެ ކުންފުނިން މައުލޫމާތުދޭގޮތުގައި އެމް ފައިސާ މެދުވެރިކޮށް ގިނަ ތަންތަނަކަށް ބިލް ދެއްކުމުގެ ހިދުމަތް މިހާރު ލިބޭނެ އެވެ. ބިލް ދެއްކުމުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަށް އެ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާގެ އެހީ ފޮނުވޭނެ އެވެ.
އެމް ފައިސާ މެދުވެރިކޮށް ބިލް ދެއްކޭ ތަންތަނުގެ ތެރޭގައި މީޑިއާ ނެޓް، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ. އަމީރު އަހުމަދު ޕްރީ ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ބިލަބޮން ހައި އިންޓަނޭޝަނަލް ސްކުލް އަދި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލް ހިމެނެ އެވެ. މީގެ އިތުރުން ވިލާ ގޭހާއި މޯލްޑިވް ގޭހަށްވެސް އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.
މީގެ ތެރެއިން މަހުން މަހަށް ފީ ނުވަތަ ބިލް ދައްކަން ޖެހޭ ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން އެމްފައިސާއިން ކަސްޓަމަރުންނަށް ނޮޓިފިކޭޝަން ލިބޭނެއެވެ. އަދި އެމްފައިސާ އެޕްގައި ކޮންމެ ބިލަކަށް ހާއްސަކޮށް ވަކި އައިޑީތަކެއް ހެދޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
https://www.youtube.com/watch?v=Uo6P18LiiLI&list=PLDdX3zXYnzpoa1y38OSHxDLs4cNjpCmI2&index=4
އެމްފައިސާ މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭ އަމިއްލަ ޖަމިއްޔާތަކުގެ ތެރޭގައި، ޑެފް އެސޯސިއޭޝަން، މަމްސް ޖަމިއްޔާ، ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް، ޕީސް ފައުންޑޭޝަން، ފިޔަވަތި ހިމެނެ އެވެ. އަދި ކުޑަކުދިންގެ ހިޔާ، ފަސޭހަ ރީޗާޖްގެ އިތުރުން އެމްއެމްޑަބްލިއުއެމް އަށް އެމް ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ އެވެ.
އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ބޭންކެއް މެދުވެރިކޮށް ލިބޭނެ އެވެ. ރާއްޖޭގެ ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާގެ ހިދުމަތް ބޭނންކުރެވޭނެއެވެ.
އުރީދޫއިން ބުނީ ކުރިޔަށް އޮޮތްތަނުގައި އެމް ފައިސާގެ ހިދުމަތް ފުޅާކޮށް ކަސްޓަމަރުންނަށް ބިލްތައް ދައްކާލުމަށް އިތުރު ކުންފުނިތަކާއި ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް