ޔޯގާ ހަރާމޭ ވަކި ޝޭހަކު ބުނީމާ ގަބޫލެއް ނުކުރަން، އަޅުގަނޑުމެން ގަބޫލުކުރަނީ އެހެން ޝޭހެއް ދައްކާ ވާހަކަ: މަހްލޫފް

ޔޯގާ ހަރާމޭ ވަކި ޝޭހަކު ބުނީމާ ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ގަބޫލުފުޅު ކުރައްވަނީ އެހެން ވަކި ޝޭހަކު ދައްކާ ވާހަކަކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވ...

28 Jun 2022 | 06:42

ޔޯގާ ހަރާމޭ ވަކި ޝޭހަކު ބުނީމާ ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ގަބޫލުފުޅު ކުރައްވަނީ އެހެން ވަކި ޝޭހަކު ދައްކާ ވާހަކަކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބުދެއްވަމުން މަހްލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ މިހާރު ސީދާ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.

"ޕީޕީއެމްއާ އަޅުގަނޑުމެންނާ އެމްޑީޕީއާ 2014 އިން ފެށިގެންވެސް ފާހަގަކުރި ދުވަހެއް ނޫންތޯ؟" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ޔޯގާ އާ މިއުޒިކާ ދެން އޮތް ކަމަކާ މި ހުރިހާ ކަމެއްގައި ހަރާންތޯ ނޫންތޯ ސާފުކޮށް ބުނީމާ އެކަމާ ނޫޅޭނެ ކަމަށެވެ. އަދި މިހެން ހިލާފު އުފެދި ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝޭހަކު ހަރާމޭ ބުނީމާ ގަބޫލުކުރަންވީތޯ؟ މަހްލޫފް ސުވާލު އުފެއްދެވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މި ވިސްނުމުގެ ތެރޭގައި ހަގީގަތުގައި ރުޅިވެރިކަމާ ނަފްރަތު އުފައްދައިގެން އައިސް އެންޑް ރިޒަލްޓަކީ ބޭނުންވަނީ ވެރިކަމަށް އައުން ކަމަށެވެ. މިކަމަކީ އެކަމަށްޓަކައި އޮޅުވާލައިގެން ކުރަމުން އަންނަ ކަމެއް ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް