އެމްޓީސީިސީގެ ހުނަވަރު ޕްރޮގްރާމް ނިންމި 52 މީހަކަށް ވަޒީފާދީފި

އެމްޓީސީިސީގެ ހުނަވަރު ޕްރޮގްރާމް ނިންމި 52 މީހަކަށް ވަޒީފާދީފިއެވެ. އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމްގެ ދަށުން 43 ބަސް ޑްރައިވަރަކު ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަންހެން ހަތަރު...

28 Jun 2022 | 06:06

އެމްޓީސީިސީގެ ހުނަވަރު ޕްރޮގްރާމް ނިންމި 52 މީހަކަށް ވަޒީފާދީފިއެވެ.

އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމްގެ ދަށުން 43 ބަސް ޑްރައިވަރަކު ތަމްރީނުކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި އަންހެން ހަތަރު ޑްރައިވަރަކު ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެެވެ.

އެމްޓީސީސީން ބުނީ ބަސް ޑްރައިވަރުންގެ އިތުރުން ހަ އެސިސްޓެންޓް ސައިޓް ސުޕަވައިޒަރުންނާއި ތިން މެރިން މެކޭނިކުުން މި ފަހަރުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަަމަށެވެ.

އެމްޓީސީސީން ވަޒީފާ ދިން 52 ފަރާތަކީ މިދިޔަ އަހަރު އެ ކުންފުނިން ފެށި ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވެ ތިން މަސް ދުވަހުގެ ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ.

ހުނަވަރު ޕްރޮގްރާމް ފުރިހަމަކުރި މީހުންނަށް ވަޒީފާ ހަމަޖައްސައިދީ އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުުނީ ހުނަވަރު ޕްރޮގްރާމްގެ ބައިވެރިން މަސައްކަތް ކުރަނީ އެ މީހެއްގެ ދާއިރާއަކާ ގުޅޭ ސައިޓެއްގައި ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް ތަމްރީނުކޮށްދެނީ އެމްޓީސީސީގައި ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު މުވައްޒަފުން ކަމަށެވެ.

އެމްޓީސީސީން ފަށާފައިވާ ހުނަވަރު ޕްރޮގްރާމުގައި މިހާރު ވެސް 32 މީހަކު ދަނީ ބައިވެރިވެ ތަމްރީނުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް