މަކުނު ވިދުރިއަކީ މިއަހަރުގެ ހައްޖަށް ނުރައްކަލަކަށް ވެދާނެކަމެއް ކަމަށް އަދި ނުބެލެވޭ: ސައޫދީ

ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު ފެތުރެން ފަށާާފައިވާ މަކުނު ވިދުރިއަކީ މިއަހަރުގެ ހައްޖުގެ މޫސުމަށް ނުރައްކަލަކަށް ވެދާނެކަމެއްކަމުގައި އަދި ނުބެލެވޭކަމުގައި ސައޫދީން ބުނެފިއެވެ. ސައޫދީ އަރަ...

28 Jun 2022 | 05:52

ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު ފެތުރެން ފަށާާފައިވާ މަކުނު ވިދުރިއަކީ މިއަހަރުގެ ހައްޖުގެ މޫސުމަށް ނުރައްކަލަކަށް ވެދާނެކަމެއްކަމުގައި އަދި ނުބެލެވޭކަމުގައި ސައޫދީން ބުނެފިއެވެ.

ސައޫދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އަބްދުލްފައްތާހް މަޝާާތު ވިދާޅުވެފައިވަނީ މަކުނު ވިދުރީގެ ކޭސްއެއް އަދި ފެނިފައިނުވިނަމަވެސް ދުރާލާ އެފަދަ ހާލަތަކަށްވެސް ތައްޔާރުވެފައިވާކަށެވެ. އަދި އެފަދަ ހާލަތެއް އައި ނަމަވެސް ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.

މަކުނު ވިދުރީގެ އިތުުރުން އަދިވެސް އެންމެ ފުޅާ ގޮތެއްގައި ފެތުރެމުން އަންނަނީ ކޮވިޑެވެ. ކޮވިޑުން ރައްކާތެރިވުމަށްވެސް މި އަހަރުގެ ހައްޖުގެ އަޅުކަންކުރިއަށްދާއިރު ގިނަ ތައްޔާރީތަކެއް ސައޫދީން ވަނީ ވެފައެވެ.

މަކުނު ވިދުރި މިފަހަރު ފެތުރެން ފެށިތާ މަހަކަށްވުރެ ގިނަދުވަސްވެފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް މަކުނު ވިދުރީގެ ހަތަރު ހާހަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް