ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ހުޒައިފާ ކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މަޤާމުގެ ހުވާ ކުރައްވައިފިއެވެ. އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ...

28 Jun 2022 | 05:27

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާންއެވެ.

މިރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސާ ހިސާން ހުސެއިން އާއި، އެކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު މީގެކުރިން ހުންނެވީ ފެމިލީ ކޯޓުގެ ޤާޟީކަމުގެ މަގާމުގައެވެ.

އަދި އެކަމަނާ ވަނީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތުކަމުގައި ބުނެފައި ވަނީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް