ވިލިމާލޭގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ވިލިމާލޭގައި ހުންނަ "އިހުސާން ވިލި" ކިޔާ ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ފަތިހު 05:00 ހާއިރުގައެވެ. ގާތްގަނޑަކަށް 25 ވަރަކަށް މިނެޓުގެ ތެރޭގައި އަލިފާން ކޮންޓްރޯލު ކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާނުގެ މި ހާދިސާއާއި ގުޅޭގޮތުން އިހުސާން ފިހާރަ ކުންފުނީގެ ބަހެއް އަދި ލިބިފައިނުވާތީ ލިބުނު ގެއްލުމުގެ ތަފްސީލު ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް