އެސްޓީއޯ އިން މަކިޓާ އުފެއްދުންތަކަށް ހާއްސަ އާ ޝޯރޫމެއް ހުޅުވައިފި

މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އައު ޝޯރޫމް އެއް އެސްޓީއޯއިން ހުޅުވައިފިއެވެ. މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން ރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެސްޓީއޯ ގެ ސީއީއޯ އަދި އެމްޑީ...

28 Jun 2022 | 02:48

މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އައު ޝޯރޫމް އެއް އެސްޓީއޯއިން ހުޅުވައިފިއެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން ރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެސްޓީއޯ ގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އަދި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯ ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އެވެ.

އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާ ގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއްކަމުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެންހުންނާނެއެވެ. މި ގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެއެވެ.

މިރޭ ހުޅުވިގެންދިޔަ އައު މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ހާމަ ކުރިއެވެ. މިގޮތުން ޝޯރޫމް ގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެއެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގައެވެ.

ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބަރ ވަން ބްރޭންޑު މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިން ގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާ ތަކަށް އިތުރު ފަސޭހަ ތަކާއި ލުއިތަކެއް ހޯދައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް